top of page

އައްސޭރި

Updated: Oct 26

(22ވަނަ ދުވަހާއި ގުޅޭ)

ފަޒީނާގެ މޫނަށް އާރިފް އަށް ބަލާލެވުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވި އެވެ. ފަޒީނާ އާއި އާރިފްއަށް އެކުއެކުގައި ހިނިތުންވެލެވުނެވެ.

"ކޮން ގެއެއްގަ އާރިފް ހުންނަނީ؟" އާމިރާ އަހާލިއެވެ. " މިވަގުތު އާރިފް މަންމަ ގޭގަ..... ދެން ނާޒިޔާ އައީމަ ތަނެއް ހިފަނީ ދޯ؟! " އާރިފްއަށް ދޯ ދެމުން އަހުޒަމް ބޯލިއެވެ. ޖަވާބު ގައި ބޯ ޖަހާލަމުން އާރިފް ކުރިއަށް ހިނގައިގަތެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭ ގެ ތިކިތައް ބިންމައްޗަށް ފެތުރެމުން ދާ މަންޒަރު ބަލަން ކުޑަދޮރު ކައިރީ ހުރި ފަޒީނާ ސިހިގެން ދިޔައީ ކައިރިއަށް ހުއްޓުނު ފިޔަވަޅުގެ އަޑަށެވެ. ކޮޓަރިއާއި ވީ ކޮޅަށް އެނބުރި ލުމުގެ ކުރިން ފަޒީނާއަށް ހަޅޭއްލަވައި ގަނެވުނީ ކަންފަތް މައްޗައް ހޫނު އެތިފަހަރެއް އެރުމުންނެވެ. ކާކުތޯ ބަލާލުމުގެ ކުރިން އެމީހަކު ފަޒީނާގެ ފުރަގަހަށް ދެއަތް ގެނެސް އަތުގައި ބާރަށް

ހިފެހެއްޓި އެވެ. " ކާކަށް ތުއި ދައްކަން އާމިރާ އާއި އެކު އަތިރިމަތީގަ ހުރީ؟"އަމްޖަދުގެ އަޑުން ފަޒީނާ ތުރުތުރު އަޅައިގެން ދިޔަ އެވެ. "ހަނދާން ކުރާތި ! މަ ވަރިކޮށްފަ ހުއްޓަސް ފަޒީނާ ތީ މަގޭ ދެދަރިންގެ މަންމަ. ބޭނުންހާ ގޮތަކަށް ނޫޅެވޭނެ."

ސަލާމަތްވުމަށް ފަޒީނާ ތެޅި ފޮޅެމުން ދިޔަ އެވެ. ކޮޓަރީގެ ދޮރު ހުރަސް ކޮއްފައި ދިޔަ އަންވަރު ހުޅުވާފައި ހުރީ ދޮރާއި ދިމާލަށް ބަލާލުމަށްފަހު އެތެރެއަށް ބޯ ދިއްކޮށްލި ވަގުތު ފެނުނު މަންޒަރުން ވަގުތުން އެތެރެއަށް ވަނެވެ.

"ހަމަ މިހާރު ދޫކޮއްލާ!" އަންވަރު އަމްޖަދުގެ މޭގައި އަޅާ ފަހަތައް ކޮއްޕާލިއެވެ. އަމްޖަދު އެނދުމައްޗަށް ވެއްޓުމާއި އެކު ފުންމައިގެން ތެދުވެ އަންވަރާއި ދިމާކޮއްލައިފިއެވެ. ދެމީހުން ހިފާ އޮޅުލަމުން ސިޓިންރޫމްއަށް ނިކުތެވެ. ސޯފާގައި ތިބި އަޒީޒުއާއި ސައީދާއަށް ލިބުނު ސިހުމުގައި ދެމީހުން އެކެއް އަނެކެއްގެ މޫނައް ބަލާލި އެވެ.

"އޭތް އޭތް ކިހިނެތް ވެގެން މިއުޅެނީ...... ދޫކުރޭ ދެމީހުންވެސް.... ކާކު ބުނެގެން އަމްޖަދު މިގެއަށް ވަނީ. ..." އަޒީޒު ހަޅޭއްލަވައިގަތެވެ. އަންވަރު އަމްޖަދު ގެ ގައިން ދޫކޮއްލިއެވެ. އަމްޖަދު ހަށިފޮޅާލިއެވެ.

"ކަލޭގެ ކޮއްކޮ ނުބެލެންޏާ ކުދިންނާ އެކީ އަހަރެން ކައިރިއަށް ފޮނުވާ އިނގޭ...." އަމްޖަދު ގެއިން ނުކުމެގެން ދިޔަ އެވެ.

"ކިހިނެތް ވެގެން އެއުޅެނީ؟"މާނޭވާ ލެވިފައި އިން އަންވަރާއި ދިމާލަށް އަޒީޒު ބަލާލި އެވެ." ނޭނގެ.. . މަށަށް ފެނުނީ ފަޒީނާއަށް އަނިޔާ ކުރަނިކޮށް...." އަންވަރު މާނޭވާ ލަމުން ބުންޏެވެ.

ސައީދާ އެތެރެއަށް ހިނގައިގަތެވެ. އެނދުމަތީގައި ބަންޑުން ރޮއި ރޮއި އޮތް އީދްފަޒީނާއަށް ބަލާލުމަށްފަހު އެނދުގެ މަގަތުން އިށީނެވެ. ފަޒީނާގެ ބޮލުގައި އޯގާތެރި ކަމާއި އެކު ފިރުމާލިއެވެ. " ކިހިނެތް ވެގެން އަމްޖަދު މިތަނަށް އެ އައީ؟"މަންމަގެ އަޑު އިވުމުން ފަޒީނާ ތެދުވެ މަންމަ ގައިގައި އޮޅުލައި ގަތުމާއި އެކު ރޮއިގަތެވެ.

"އަހަރެން އާމިރާ ޔާ އެކީ އަތިރިމައްޗއް ނިކުތީ އަހުޒަމް ރައްޓެހި ކުއްޖަކު އަންނަ ވާހަކަ ބުނީމަ....."ގިސްލަމުން ފަޒީނާ ބުނެލި އެވެ.

"އަޖައިބެއް...... އެކަމާ އަމްޖަދަކާ ކޮން ކަމެއް؟"ސައީދާ ގާތައް ރުޅި އައެވެ. "އަތިރިމައްޗަށް މަ ތުއި ދައްކަން ދިޔައީ ޔޯ " ފަޒީނާ ލޯ ދުވެލިއެވެ.


Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page