

ޖެޓްސްކީތަކަށް ޖާގަ ހެދުމުގެ ނަމުގައި ހުޅުމާލޭގެ ފަރުގެ މުރަކަތައް ނަގައިފި
ހުޅުމާލެ ފޭސް 1 ގެ އިރުމަތީ ފަރާތުގައިވާ ފަރުގެ މުރަކަތައް ނަގައި، ޖެޓްސްކީ ފަދަ އުޅަނދުތަކަށް ޖާގަ ހެދުމުގެ ނަމުގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފަޅާއަރައިފިއެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ދިޔަވަރު ވަރަށް ބޮޑަށް ހިކިފައި އޮތުމުންނެވެ. މި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ވޯޓާ ސްޕޯޓްސް ހިދުމަތްދޭ ބައެއް ކަމަށް ބެލެވޭ ބަޔަކު ވަނީ ދަގަނޑު ' އެކި އާލާތްތައް ބޭނުންކޮށްގެން ފަރުމަތީގައިވާ މުރަކަތައް ހަލާކުކޮށްލައިފައެވެ. އެމީހުންގެ މަގުސަދަ


ބީއެމްއެލް އިން 3،000 ހައުސިން ޔުނިޓް އަޅަނީ: ހުށަހެޅޭނީ ސަރުކާރުގެ ޕްރޮގްރާމަކުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ލީޒް-ޓު-އޯން އުސޫލުން އާންމުންނަށް ގެދޮރު ފޯރުކޮށްދިނުމަށް 3،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރާއެކު އެއްބަސްވެއްޖެ އެވެ. މި މަޝްރޫ ހިންގުމަށް ބީއެމްއެލް އިން ވަނީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސީއީއޯ އަހުމަދު ޝަރީފް ސޮއިކުރެއްވިއިރު، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ


ރައީސް މުއިއްޒުގެ ސްޕީޑަށް ޖާބިރުގެ ތައުރީފު: މިގޮތަށް ދާނަމަ ހުރިހާ ލަނޑުދަނޑިއެއް ހާސިލުވާނެ
ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކުގެ އަވަސް ސްޕީޑަށް ތައުރީފު ކުރައްވައިފި އެވެ. ޖާބިރު ވިދާޅުވީ، ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް ކުރިއަށް ވަޑައިގެންފިނަމަ، ގައުމަށް ކަނޑައަޅުއްވާފައިވާ ހުރިހާ ލަނޑުދަނޑިއެއް ހާސިލު ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޖާބިރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވުމުގެ եզަރާ ހަމައަށް ގޮސްފައި އޮއްވާ، ގައުމު އެ ހާ





































