އައިސްލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
- Ministry Badhige
- Mar 17, 2024
- 1 min read

އަލިފާން ފަރުބަދަދެއް ގޮވުމުގެ ސަބަބުން އައިސްލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
މިދިޔަ ޑިސެންބަރު މަހުގެ ފަހުން ރެއިކްޖެނެސް ޕެނިންސުލާގައި ހުރި އަލިފާން ފަރުބަދަ ހަތަރު ފަހަރެއްގެ މަތިން ގޮވާފައިވޭ. އަލިފާން ފަރުބަދަގޮވީ ރެއިކްޖެނެސް ޕެނިންސުލާގައި އޮންނަ ސްކޮގްފެލް އާއި ހަގަފެލް ދެމެދުންކަމަށް އައިސްލޭންޑުގެ މެޓް އޮފީހުން ވަނީ ބުނެފައެވެ.
ފޮޓޯއާއި ވީޑިއޯތަކުން ފެންނަގޮތުން އަލިފާންފަރުބަދައިގެ ދިޔާ އަލިފާން ނުވަތަ ލާވާތައް އަންނަނީ ކެކިއުތުރިއަރަމުނެވެ.
އައިސްލޭންޑުގެ މެޓް އޮފީހުން ބުނާ ގޮތުގައި މިއީ ކުރިން ފެބްރުއަރީ 8 ވަނަ ދުވަހު އަލިފާން ފަރުބަދަ ގޮވި ތަނާ ކައިރި ތަނެއް. މަސްވެރި ރަށް ގްރިންޑަވިކް ހިމާޔަތް ކުރުމަށް ހަދާފައިވާ ޑައިކްތަކާ ދިމާލަށް ލާވާ ދަތުރުކުރާ ކަމަށް އެގައުމުގެ މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަލިފާން ފަރުބަދަ ގޮވީ މިއަދު ޖީއެމްޓީ ގަޑިން 2200 ގައި ކަމަށާއި, ގަޑިއަކު ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ ބާރު މިނުގައި ދިޔާ އަލިފާން ގަނޑު ފެތުރެމުން އަންނަކަމަށް މެޓުން ވަނީ ބުނެފަ. މި ދިޔާ އަލިފާންގަނޑު 2.9 ކިލޯ މީޓަރަށް ފެތުރޭނެކަމަށް ބެލެވިފައިވެއެވެ.
އިންޒާރުގެ މެސެޖު ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރެގައި ފަރުބަދަ ވަނީ ގޮވާފައި. ހުކުރު ދުވަހު އައިއެމްއޯ އިން ބުނީ އެ ސަރަހައްދުގެ ބިމުގެ ދަށުގައި މެގްމާ ޖަމާވަމުން އަންނަކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ގޮވުމެއްގެ ސަބަބުން ގްރިންޑަވިކްގެ 4000 ވަރަކަށް މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.






Comments