top of page

ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުގައި ވޯޓުލުން މަޖުބޫރު


ree


ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް ބިރު ދައްކައިގެން ވޯޓުލާން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.


ރަޝިޔާގެ ރިޔާސީ އިންތިހާބުގައި ޖުމްލަ ހަތަރު ކެނޑިޑޭޓަކު ވާދަކުރޭ. އެއީ އެގައުމުގެ ރައީސް ވްލެޑްމިއާ ޕޫޓިން އަދި އިތުރު ތިން ކެނޑިޑޭޓުންނެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުން ޔޫކްރެއިން އިން ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުގައި ތިބި މީހުންލައްވައި ވޯޓުލާން ފަށާފައިވަނީ "އާލީ އިލެކްޝަން" ވޯޓެއް. އެއީ ވޯޓުލުމުގެ ދުވަސް ނުޖެހެނީސް ނަގާ ވޯޓެކެވެ. އަލް ޖަޒީރާއިން ބުނެފައިވާގޮތުން ޔޫކްރެއިންގެ ރައްޔިތުން ވޯޓުލާއިރު އެމީހުން ކައިރީގައި ބަޑި ހިފައިން ރަޝިޔާގެ ސިފައިންގެ މީހަކު ހުރެއެވެ. އަދި އިތުރު ސިފައިން ހަތިޔާރާއެކު ވެހިކަލެއްގައި ކަރީގައި މަޑުކޮށްގެން ތިބޭއެވެ.


ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުން ވޯޓުލާ މީހުންގެ ރެޖިސްޓްރީ އެކުލަވާލާފައިވަނީ ވެސް ރަޝިޔާ ސިފައިންކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޝިޔާގެ ރިޔާސީ އިންތިހާބު މި އަހަރުވެސް ކާމިޔާބުކުރާނީ އެ ގައުމުގެ ރައީސް ވްލެޑްމިއާ ޕޫޓުންކަމަށް ވެލެވޭ. މި އިންތިހާބު ކާމިޔާބު ކޮށްފިނަމަ މިއީ ޖެހިޖެހިގެން ޕޫޓުން ކާމިޔާބުކުރާ ފަސް ވަނަ ރިޔާސީ އިންތިހާބެވެ.


ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ފެށި ހަނގުރާމައިގައި ރަޝިޔާގެ 5937 ސިފައިން މަރުވެފައިވާކަމަށް ތަފާސް ހިސާބުތައް ދައްކާއިރު, ޔޫކްރެއިންގެ 61,207 ސިފައިން މަރުވެފައިވެއެވެ. އަދި މި ހަނގުރާމައިގައި ޒަހަމްވި މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ ސާޅީސް ހާސް އަށް އަރާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.  

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page