ދަރިފުޅު ލިބުމުން، ޓޫރިޒަމް އެމްބެސެޑަރު ކެޓްރީނާ އަށް ސަރުކާރުން މަރުހަބާ ކިޔައިފި
- ބްރަސްތާ
- Nov 10
- 1 min read

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހަމަޖައްސާފައިވާ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު، ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އަށް ފިރިހެން ދަރިއަކު ލިބުމާ ގުޅިގެން މުއިއްޒުގެ ސަރުކާރުން މަރުހަބާ ކިޔައިފި އެވެ. ވިޒިޓް މޯލްޑިވްސް އިން ވަނީ އެކަމަނާ އަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާ ގައި ޕޯސްޓެއް ކޮށްފަ އެވެ.
ކެޓްރީނާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑް، "ސަނީސައިޑް އޮފް ލައިފް" ގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ކެޓްރީނާ އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތުމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ސޯޝަލް މީޑިއާ ގައި މަރުހަބާ ދަންނަވާފައި ވީނަމަވެސް، ކެޓްރީނާ އަދި އެކަމަށް ރިއެކްޓެއް ކޮށްފައެއް ނުވެއެވެ.






Comments