top of page

ޖެޓްސްކީތަކަށް ޖާގަ ހެދުމުގެ ނަމުގައި ހުޅުމާލޭގެ ފަރުގެ މުރަކަތައް ނަގައިފި

ree

ހުޅުމާލެ ފޭސް 1 ގެ އިރުމަތީ ފަރާތުގައިވާ ފަރުގެ މުރަކަތައް ނަގައި، ޖެޓްސްކީ ފަދަ އުޅަނދުތަކަށް ޖާގަ ހެދުމުގެ ނަމުގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފަޅާއަރައިފިއެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ދިޔަވަރު ވަރަށް ބޮޑަށް ހިކިފައި އޮތުމުންނެވެ.

މި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ވޯޓާ ސްޕޯޓްސް ހިދުމަތްދޭ ބައެއް ކަމަށް ބެލެވޭ ބަޔަކު ވަނީ ދަގަނޑު ' އެކި އާލާތްތައް ބޭނުންކޮށްގެން ފަރުމަތީގައިވާ މުރަކަތައް ހަލާކުކޮށްލައިފައެވެ. އެމީހުންގެ މަގުސަދަކީ ޖެޓްސްކީ ފަދަ އުޅަނދުތައް ފަސޭހައިން ތޮށިން ބޭރަށް ނެރެވޭނެ މަގެއް ހެދުން ކަމަށް މައުލޫމާތު ލިބެއެވެ. ހުޅުމާލޭގައި މިފަދަ ބޭނުންތަކަށް ފަރު ހަލާކުކުރުމަކީ ކުރިންވެސް ހިނގާފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.

މި މައްސަލަ މިހާރު އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ހިނގާ އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބައެއް މީޑިއާތަކަށް ބުންޏެވެ. މިއީ އެޗްޑީސީން ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެކެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page