top of page

ކުނީގެ ފީ ކަރަންޓް ބިލްގައި ނުހިމަނާނެ: ވެމްކޯ



ree

ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓް ބިލްގައި، ކުނި ނެގުމުގެ ބިލުގެ ފީ ހިމަނަން ވެމްކޯ އިން ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.


ވެމްކޯ އިން ރޭ ބުނީ އެ ނިންމުން އަނބުރާ ގެންދަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.


ވެމްކޯ އިން ކުރިން ނިންމާފައި އޮތީ މި އަހަރުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ބިލްގެ ފީ، ޔުޓިލިޓީ ބިލްތަކުގައި ހިމެނުމަށެވެ.މިގެނެވުނު ބަދަލާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ހިދުމަތް ދޭނީ އެ ކުންފުނީގައި ހަމައެކަނި ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.


ވެމްކޯ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް ފައިސާ ދެއްކޭނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ވެމްކޯގެ އޮފީސްތަކާއި، ވެމްކޯގެ "އަވަސް ޕޭ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page