ރައީސް މުއިއްޒު ބިލެތްފަހީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވައިފި
- ބްރަސްތާ
- Oct 14
- 1 min read

ށ. ބިލެތްފަހީގައި އަލަށް ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަޅުއްވައިދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނާއި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕޮލިސް ސްޓޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް، އުމުރާނީ ގޮތުން ވަސީލަތްތައް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، ރައްކާތެރި މާހައުލެއް ގާއިމުކުރުމެވެ.






Comments