ޣައްޒާގެ ގަތުލުއާއްމާ ދެކޮޅަށް ރައީސް މުއިއްޒު އަޑުއުފުލުއްވާތީ ތަޢުރީފު
- Ministry Badhige
- Aug 11, 2024
- 1 min read

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިސްލާމީ ލީޑަރޝިޕްގެ މިސާލެއް ކަމަށެވެ. މި ބަސްފުޅު މެންބަރު ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ރައީސް މުއިއްޒު އަޑުއުފުލައްވަމުން ގެންދަވާތީ އެކަން ފާހަގަކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މެންބަރު ހުސައިން ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމީ އުންމަތަށް ނިސްބަތްވެވަޑައިގަންނަވާ އެހެން ރައީސުންނާ ޚިލާފަށް، ދިވެހިރާއްޖޭގެ ރައީސް ފަލަސްތީނުގެ ހިމާޔަތުގައި ވަރަށް ބޮޑަށް ބަސްބުނުއްވާ ކަމަށެވެ. އަދި ހައްދުފަހަނަޅައިފައިވާ އަނިޔާވެރި ޔަހޫދީންގެ ސަރުކާރާ ދެކޮޅަށް ރައީސް މުއިއްޒު ބަސްބުނުއްވާކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މެންބަރު ހުސައިން ޝަރީފް ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ މި ޢަމަލުން ހާމަވެގެންދަނީ ދިވެހީންގެ ރައީސްގެ ހިތުގައި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ ދޭތެރޭ އޮތް ހަމްދަރުދީ އާއި ލޯބި ކަމަށެވެ.
ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށެވެ.
އަދި ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާއި، އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާއި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ދިވެހި ސަރުކާރުން އަންނަނީ ގޮވާލަމުންނެވެ.






Comments