ފަނޑިޔާރުން ވަކިކުރުމަކީ ޖުޑިޝަރީގެ މިނިވަންކަން ނަގާލުން ކަމަށް އދ. އިން ބުނެފި
- Ministry Badhige
- Oct 14
- 1 min read

ރާއްޖޭގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން، އެކުވެރިވި ގައުމުތަކުގެ ޖަމްއިއްޔާ (އދ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިމްޕީޗްކޮށް މަގާމުން ދުރުކޮށްފައެވެ. މި ނިންމުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނިންމުމެއްކަން ފާހަގަކޮށްލެވެއެވެ.
އދ. އިން ބުނި ގޮތުގައި، މަޖިލީހުގެ މި ނިންމުމަކީ ޖުޑިޝަރީގެ މިނިވަންކަން ނަގާލާ، އަދުލުވެރިކަމަށް ހުރަސް އަޅާފާނެ ކަމެކެވެ. އެހެންކަމުން މިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.






Comments