top of page

މާލޭގެ ކަރަންޓު ޑިމާންޑަށް އަމާޒުކޮށް ސްޓެލްކޯއިން އާ މަޝްރޫއުތަކެއް ފަށައިފި



ree

ސްޓެލްކޯއިން މާލޭގެ އިތުރުވަމުންދާ ކަރަންޓު ޑިމާންޑަށް އަމާޒުކޮށް އާ މަޝްރޫއުތަކެއް ފަށައިފި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމާއި ސަބްސްޓޭޝަންތަކުގެ ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.


ސްޓެލްކޯއިން ބުނީ މި މަސައްކަތްތަކަކީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް، މާލޭގެ މަތިވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


މި މަސައްކަތްތަކުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރުކުރުމަށް، 630 ކޭވީއޭގެ ޓްރާންސްފޯމަރެއް ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު ބަހައްޓައިފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.


މީގެ އިތުރުން، މާލެ ސަރަހައްދުގައި ކަރަންޓު ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް 150 މެގަވޯޓު އިންޖީނުގެއެއް އެޅުމަށް ބޭނުންވާ ދިރާސާތައް ހެދުމަށް ޗައިނާގެ ޓީބީއީއޭ ގުރޫޕާ ހަވާލުކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page