top of page

ކުޅުދުއްފުށީގައި ވޭމްކޯގެ ކުނި އުކާލުމުގެ ހިދުމަތް ފެށުމާއެކު 75 ވަޒީފާ އުފެދިއްޖެ


ree

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވޭމްކޯ) އިން ކުޅުދުއްފުށީގައި ކުނި އުކާލުމުގެ ހިދުމަތް ފެށުމާއެކު، އެ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބި، 75 ވަޒީފާގެ ފުރުސަތު އުފެދިއްޖެއެވެ.


މި ހިދުމަތަށް މިހާތަނަށް 900 އަށްވުރެ ގިނަ ގޭބިސީ ރަޖިސްޓްރީވެފައިވާކަމަށް ވޭމްކޯއިން ބުނެއެވެ.

މިއީ ކުޅުދުއްފުށީގައި ހުރި 2،300 ގޭބިސީގެ ތެރެއިން ގިނަ އަދަދެއްކަން ފާހަގަކުރެވެއެވެ.


ވޭމްކޯގެ ކުޅުދުއްފުށި މެނޭޖަރު މުހައްމަދު ގާސިމް ބުނީ، ކުނި އުކާލުމުގެ އާދަކާދަތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. މި ހިދުމަތަށް ރަޖިސްޓްރީވުމަށް އޮންލައިން އޮޕްޝަން ވެސް ލިބެން ހުރިކަމަށް އޭނާ ބުނެއެވެ.


ކުނި ނެގުމުގެ ހިދުމަތަށް ގޭބިސީތަކުން މަހަކު 150 ރުފިޔާ ނެގޭއިރު، ވިޔަފާރިތަކުން ލީޓަރަކަށް 20 ލާރި ނެގެއެވެ.

އަދި ގޭޓް ފީގެ ގޮތުގައި 106 ރުފިޔާ ނެގެއެވެ. ކުނި ނެގުމުގެ މަސައްކަތަށް 16 ޓަނުގެ އަދި 6 ޓަނުގެ ދެ ކޮމްޕެކްޓަރ ޓްރަކް ބޭނުންކުރެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page