top of page

ރިސޯޓުތަކުން ދައުލަތަށް ލިބެންޖެހޭ 78.5 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ފަށައިފި


ree

ރިސޯޓުތަކުން ދައުލަތަށް ލިބެންޖެހޭ 78.5 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ފަށައިފި

ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފަސް މިލިއަން ޑޮލަރު 17 ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.


ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ހިންގަމުން އަންނަ ރިސޯޓުތަކުން ދައުލަތަށް ލިބެންޖެހޭ 78.5 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. މި ފައިސާ ހޯދުމަށް މަސައްކަތް ކުރާނީ ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.


އޭގެ އިތުރުން، ރިސޯޓުތައް ހަދަމުން އަންނަ ރަށްތަކުން 173 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ފައިސާ ހޯދުމަށް ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެންމެ ދިގުވެގެން ފަސް އަހަރު ތެރޭގައި މި ފައިސާ ދައުލަތަށް ދައްކާ ހަލާސްކުރަންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް އެންމެ ގިނަ ފައިސާ ނުލިބި ހުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފީތަކުގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މިއާއެކު، ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ގާނޫނީ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، މި ފައިސާ ހޯދުމުން ދަރަނީގެ މައްސަލަ މި ވަގުތަށް ހައްލުވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page