top of page

އަމިއްލަ ކަންކަމަށް ވަގުތު ނުދެވޭތީ ތޯރިގު ނައިބު ލީޑަރުކަމުން ވަކިވެއްޖެ



ree

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިސްތިއުފާ ދެއްވައިފި އެވެ.


ތޯރިގު އިސްތިއުފާ ދެއްވިކަން ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފައެވެ.


އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ތޯރިގު ވިދާޅުވެފައިވަނީ، "އަޅުގަނޑު އިސްތިއުފާ ދިނީ، މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން" ކަމަށެވެ.


ތޯރިގަކީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ މަހިބަދޫ ދާއިރާގެ މެންބަރުކަމަށް ފުރަތަމަ ހޮވުނީ 2014 ވަނަ އަހަރު 17 ވަނަ މަޖިލީހަށެވެ.


ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ތޯރިގު އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ މެއި މަހުގައެވެ.


ތޯރިގުގެ އިސްތިއުފާއާ ގުޅިގެން، އޭނާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މަގުފަހިވެދާނެ ކަމަށް ބެލެވެއެވެ. ތޯރިގަކީ އެފްއޭއެމްގެ ކުރީގެ ރައީސެވެ. އަދި އޭނާ ވަނީ އެފްއޭއެމް ނޯމަލައިޒްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page