އާސިމްގެ "ޚަދީޖާ" ހުކުރު ދުވަހު , ޓިކެޓު ވިކެމުން ދަނީ
- Ministry Badhige
- Feb 29, 2024
- 1 min read
Updated: Mar 2, 2024

ތުރުކަސްފިލްމްސްގެ "ވިހާލި" އެންތޮލޮޖީ ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ސެގްމަންޓު "ޚަދީޖާ" އޮލިމްޕަހުގައި އާދިއްތަ ދުވަހު ޕްރިމިއާކުރަން ނިންމައިފިއެވެ.
ފިލްމުގެ ސްކްރިޕްޓް ލިޔެ, ފިލްމު ޑަރެކްޓުކުރި ތުރުކަސް ފިލްމްސްގެ ވެރިއާ އަހުމަދު އާސިމް ބުނީ ހަދީޖާ އޮލިންޕަހަށް ނެރެފައިވާ ކުރު ފިލްމެއްގެ ގޮތުގައި ކަމަށެވެ.
އަށާރަ އަހަރުން މަތީ ކެޓަގަރީއަށް ހާސް މި ފިލްމަކީ ގެވެށިއަނިޔާއާއި, ބިދޭސީންގެ މައްސަލައަދި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ލީޑު ރޯލުން ރަވީ ފާރޫގު, އަދި ނަތާށާ ޖަލީލް ފެންނައިރު, ފިލްމުގައި މަޝްހޫރު ތަރި ނިމާލުގެ މުހިންމު ރޯލެއްވެސް ފެނިގެން ދެއެވެ.
ފިލްމުގެ ފުރަތަމަ ޝޯ އޮލިމްޕަހުގައި މާދަމާ ހަވީރު އަޅުވާއިރު ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 7755569 އަށް ގުޅުމަށް ތުރުކަސް ފިލްމްސް އިން ވަނީ އެދިފައެވެ.
ތުރުކަސް ފިލްމުގެ "ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު, ދެވަނަ ސީޒަން އިތުރަށް ޝައުގުވެރިވާނެކަމަށް އާސިމް ބުންޏެވެ.
01 މާރިޗް 2024، ހުކުރު – ޕްރިމިއާ ޝޯ 16:00 ގައި
01 މާރިޗް 2024، ހުކުރު – ދެވަނަ ޝޯ 17:00 ގައި…..
02 މާރިޗް 2024، ހޮނިހިރު – ތިންވަނަ ޝޯ 16:00 ގައި
🎟️ 02 މާރިޗް 2024، ހޮނިހިރު – ހަތަރުވަނަ ޝޯ 21:00 ގައި
🎟️ 02 މާރިޗް 2024، ހޮނިހިރު – ފަސްވަނަ ޝޯ 23:00 ގައި
…..
🎟️ 03 މާރިޗް 2024، އާދީއްތަ – ހަވަނަ ޝޯ 16:00 ގައި
🎟️ 03 މާރިޗް 2024، އާދީއްތަ – ހަތްވަނަ ޝޯ 21:00 ގައި
🎟️ 03 މާރިޗް 2024، އާދީއްތަ – އަށްވަނަ ޝޯ 23:00 ގައި






Comments