ބޭޝަރަމް ރަންގު: ކޮޕީ ލަވައެއް
- Ministry Badhige
- May 12, 2023
- 1 min read
Updated: Oct 21, 2023
މިއަހަރު ކުރީކޮޅު ނެރުނު ބޮލީވުޑުގެ ތަރި ޝާހުރުކް ހާންގެ ފިލްމު "ޕަތާން" ގެ މެއިން ތީމްލަވަ "ބޭޝަރަމް ރަނގު" އަކީ ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ އަދި ގިނަބަޔަކަށް ރީތި ކަމުދާ ލަވައެކެވެ.

އެ ލަވައިން ފެންނަނީ ދިޕިކާ ޕަދުކޯން އާއި ޝާހުރުކް ހާންއެވެ. ދެ ތަރިންގެ ހުނަރުވެރިކަން އެ ލަވައިން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
މި ލަވަ މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދި ނަމަވެސް މި ލަވައިގެ މިއުޒިކަކީ ކޮޕީކޮށްފައިވާ މިއުޒިކެއްކަން މިހާރު ވަނީ ހާމަވެފައެވެ.
އެގޮތުން މި ލަވަ ކޮޕީކޮށްފައިވަނީ ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިއާ ސައްޖާދު އަލީގެ "އަބް ކޭ ހޫމް ބިޗްރޭ ޓު ޝާޔާދު" މި ލަވައިންކަން މިހާރު ވަނީ ފަޅާއަރާފައެވެ. އެ ލަވައަކީ ސައްޖާދު އަލީ 1990 ގެ އަހަރުތަކުގައި ނެރިފައިވާ މަޝްހޫރު ލަވައެކެވެ. ނަމަވެސް 2023 ވަނަ އަަހަރު ނެރުނު ޕަތާންގެ "ބޭޝަރަމް ރަންގު" ލަވައިގެ މިއުޒިކް ވަނީ ކޮންމެވެސް ވަރަކަށް ސައްޖާދު އަލީގެ ލަވައަށްވުރެ ބީޓް އަވަސްކޮށްފައެވެ. ނަމަވެސް މި ލަވަ އަޑު އަހާލުމުން "ބޭޝަރަމް ރަނގު" އަކީ ކޮޕީ ލަަވައެއްކަން ޔަގީންވެއެވެ.
ޝާހުރުކް ހާންގެ އެންމެ ފިލްމު ޕަތާންގައި މިފަދަ ކަންތައްތަކެއް ހުރި ނަމަވެސް, އެ ފިލްމު ވަނީ އިންޑިއާގެ ތާރީހީ ރެކޯޑުތަކެއް ވެސް ހަދާފައެވެ. އެގޮތުން ފަހުގެ ތާރީހެއްގައި ބޮކްސް އޮފީހުން އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމަކީ ވެސް ޕަތާންއެވެ. އެ ފިލްމުން މިހާތަނަށް 1,050 ކަރޯޑު އިންޑިއަން ރުޕީޒް (130 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ހޯދާފައެވެ.
ސައްޖާދު އަލީގެ "އަބް ކޭ ހޫމް ބިޗްރޭ ޓު ޝާޔާދު" މި ލަވަ ތިރީގައިވާ ލިންކުން އަޑުއަހާލެވޭނެއެވެ.






Comments