ދާއިރާގެ ރައްޔިތުންނަށް މެންބަރުން ވަކިކުރެވޭ އިސްލާހު ހުށަހަޅުއްވައިފި
- Ministry Badhige
- Mar 27, 2024
- 1 min read

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ތަމްސީލުކުރާ ދާއިރާގެ ރައްޔިތުން އެ މެންބަރަކަށް އޮންނަ ތާއީދު ގެއްލި، މެންބަރާއި ދެކޮޅަށް ރައްޔިތުންގެ މެޖޯރިޓީ ވޯޓުލައިފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތައް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ލަތީފް ހުށަހެޅި އިސްލާހުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުމަށްފަހު އެ ދާއިރާއެއް ތަމްސީލުކުރާ ގޮނޑި އެ މެންބަރަކަށް ގެއްލޭނެ 5 ހާލަތެއްކަމަށެވެ.
ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޕާޓީއަކަސް ނިސްބަތް ނުވާ މެންބަރަކު ހޮވުމަށްފަހު ޕާޓީއަކަށް ސޮއިކުރުން, ހޮވޭއިރު ހުންނަ ޕާޓީ ދޫކޮށް ދިޔުން ނުވަތަ އެހެން ޕާޓީ އަކަށް ސޮއިކުރުން, ޕާޓީއިން ނިންމާ ނިންމުމަކާ ދެކޮޅަށް ވޯޓު ދިނުމުން ޕާޓީއިން މެންބަރު ވަކިކުރުން, ޕާޓީގެ ނިންމުމާ ދެކޮޅަށް ވޯޓުލުން ނޫން ހާލަތެއްގައި ވަކިކޮށްފިނަމަ ދާއިރާގެ ވޮޓުން އަގުލަބިއްޔަތު ނުލިބުން, މަޖިލީހަށް ހުށަހެލޭ ޕެޓިޝަނަކާއި ގުޅިގެން ނެގޭ ވޯޓުގެ އަގުލަބިއްޔަތު ނުލިބުން ހިމެނެއެވެ.
އިދިކޮޅު ޕާޓީ އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ، ޕާޓީ ބަދަލުކުރާ މެންބަރުން ވަކިކުރެވޭ ބިލް މިހާރު ވަނީ ކޮމިޓީއިން ދިރާސާކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރައްވާފަ. އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ ރައްޔިތުން މަޖިލީހުން ވަނީ ގެއްލިފައެވެ.






Comments