top of page

ގެދޮރު އެޅުމަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނަން: ރައީސް މުއިއްޒު


ree

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް، ފަސް ޕަސަންޓަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، ގެދޮރުގެ މައްސަލަ ހައްލު ކުރެއްވުމަށް އަލަށް އެތައް ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވި ކަމަށް. އޭގެ ތެރޭގައި އެންމެ ބޮޑު އެއްކަމަކަށް ފަސް ޕަސަންޓަށްވުރެ އިންޓްރަސްޓް ރޭޓް މަތިނުވާނެ ލޯން ސްކީމްތަކެއް ތައާރަފުކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ މާލޭ ސިޓީގައި ވިޔަސް އެހެން ރަށްތަކުގައި ވިޔަސް އަމިއްލަ ގެދޮރު ހުރެ، ގޯތީގައި ގެއެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެންގެ ނެހެދޭނެ މީހުންނަށް އަތްފޯރާފަށުގައި ލުއި ލޯނުތަކެއް ތައާރަފުކުރުމަށް އަމިއްލަގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެއް ކަމަށެވެ.

 

ރައިސް ވިދާޅުވީ، އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ޕަސް ޕަސަންޓަށްވުރެ އިންޓްރަސްޓް ރޭޓް ބޮޑުނުވާނެ ލޯން ސްކީމެއް ކަމަށް. އެކަން ކުރުމަށްޓަކައި ވެސް މިދިޔަ 100 ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެވި މިހާރު ގާތްގަނޑަކަށް ފަންނީ ޓެކްނިކަލް މަސައްކަތްތައް ނިމުކަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ލޯނު ސްކީމް ގާތްގަނޑަކަށް އިއުލާން ކުރެވޭ ހިސާބަށް ގެންދެވިފައިވާކަމަށް.  ކަމާއިބެހޭ މިނިސްޓްރީން ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލާކާއެކު، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމް ހުޅުވާލާ އޭގެ ދަށުން ލޯން ހޯދައިގެން އިމާރާތް އެޅޭނެކަމަށެވެ. މި ލޯންތަކަކީ ކޮންވެންޝަނަލް އަދި އިސްލާމިކް ލޯން، ދެ އޮޕްޝަން ލިބޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ރައީސް އިތުރަށް ވިދާޅުވީ ހަދަން ފަށާފައިވާ ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ހެދުމަށްޓަކައި "ހޯމް ކޮމްޕްލީޝަން" ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ގިނަދުވަސްވެ މަރާމާތު ކުރަން ޖެހިފައި ހުރި، ރިނޮވޭޝަން ބޭނުންވާ ގެތައް ވެސް ހެދުމަށް ލޯން ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށް. އަދި އެއީ ވެސް އަތްފޯރާ ފަށުގެ ލޯން ސްކީމުތައް ކަމަށް ވިދާޅުވިއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page