top of page

ހިޔާ ފްލެޓްތަކުގައި މިހާރު ހަރުކުރަމުންދާ އާ ލިފްޓުތަކުުން ސްޓްރެޗާރ އެރުވޭނެ : ރައީސް



ree

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މިހާރު ހަރުކުރަމުންދާ އާ ލިފްޓުތައް ހަދަމުންދަނީ ބަލިމީހުން ބާލަން ފަސޭހަވާނެހެން ސްޓްރެޗާރ އެރުވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް ވިދާޅުވީ މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރުގަ ސްޓްރެޗާރ އެރުވޭ ލިފްޓްވެސް އޭގައި ހިމެނޭނެ ކަމަށާއި، އެހެންކަމުން ހިޔާ ފްލެޓްތަކުގައި ހަރުކުރެވޭ ލިފްޓްތަކުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަަމަށެވެ.

މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރުގަ ސްޓްރެޗާރ އެރުވޭ ލިފްޓްވެސް އޭގައި ހިމެނޭނެ. އެހެންވީމަ ހިޔާ ފްލެޓްތަކުގައި ހަރުކުރެވޭ ލިފްޓްތަކުގެ މަޝްރޫޢު ނިމޭއިރު އިރާދަކުރެއްވިއްޔާ އެކަމަށް ހައްލެއް ލިބިގެންދާނެ: ރައީސް މުޢިއްޒު

 ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page