top of page

އިންޑިއާއި ޗައިނާއާ ދެމެދު ދިވެހިން ތާށީވެގެން ނުވާނެ: އީވާ




ree

އިންޑިއާއާއި ޗައިނާ ކޯޅެމުން ދިޔަ ވަގުތުގައި ދިވެހިން އޭގެ ތެރޭގައި ތާށީވެގެން ނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ, ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ދެމެހެއްޓެނިވި ސިޔާސަތެއްގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަމުންނެވެ.

އީވާ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ޖީއޯޕޮލިޓިކަލީ ފްރޮންޓްލައިން ގައުމެއްކަމަށެވެ. އެގޮތުން ސާދަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޗައިނާގެ ސިސާސީ މީހުން ރާއްޖެއައިކަމަށާއި, ސޯޅަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޔޫރަޕުގެ ކޮލޯނިއަލް ބާރުތަކުން ވެސް ރާއްޖެއަށް ކަޅިއަޅަމުންދިޔަކަށެވެ.

” އިންޑިއާއާއި ޗައިނާ ކޯޅެމުން ދިޔަ ވަގުތުގައި ދިވެހިން އޭގެ ތެރޭގައި ތާށީވެގެން ނުވާނެ.  ހުރިހާ ސަރުކާރަކުންވެސް ހާރިޖީ ސިޔާސަތު ބައްޓަންކުރަންޖެހޭނީ މި ކޯޅުންގަނޑުތެރޭގައި ދިވެހިރާއްޖެ ތާށިނުވާނެގޮތަކަށް ރާއްޖެ މިނިވަންވީއްސުރެ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ އިހުތިރާމާއެކު އެހެންގައުމުތަކާއެކު ގުޅުންބަދަހިކޮށްގެން,” އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ދޭދޭ ގައުމުތަކާއި އެންމެނާއެކު އުޅޭވޭނެވަރުވާނެވަރު ވިސްނައިގެން ރާއްޖެއިން މަސައްކަތް ކުރަމުން ދިޔަކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ކުރިއަށް ގޮސްފައިވަނީ އަޅުގަނޑުމެންނަކީ ކުޑަގައުމެއްކަމާއި އަޅުގަނޑުމެންގެ ތަނަވަސްކަމަށާއި ރައްކާތެރިކަމަށް އަޅުގަނޑުމެން އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭވަރު ވިސްނައިގެންކަމަށް ވެސް އީވާ ވިދާޅުވިއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page