top of page

އައިފޯނަކުން ޝޫޓު ކުރި ފިލްމެއް

Updated: Oct 21, 2023

އައިފޯނުން ޝޫޓުކޮށް ރިލީޒްކުރި ފިލްމަށް ކިޔަނީ "ފުރުސަތު" އެވެ.

އެޕަލް އިން ދާދި ފަހުން ނެރުނު ބޮލީވުޑް ފިލްމުގެ ދިގުމިނަކީ 30 މިނެޓެވެ. ފިލްމުމުޅިން ވެސް ޝޫޓްކޮށްފައި ވަނީ އައިފޯން 14 ޕްރޯ ބޭނުންކޮށްގެންނެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "މަކްދީ"، "އޮމްކަރާ"، އަދި "ހައިދަރު" ފަދަ ފިލްމުތައް ޑައިރެކްޓް ކުރުމަށް މަޝްހޫރު ވިޝާލް ބަދުވާޖް އެވެ.

ree

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ނިޝާންތު ރާޖްގެ ރޯލުން އިޝާން ހައްތާރު އަދި ދިޔާ ސްރިވަސްތާވްގެ ރޯލުން ވާމިގާ ގަބީ އެވެ.

ފިލްމުގެ ޑައިރެކްޓަރު ބުނީ އައިފޯން 14 ޕްރޯގައި ކެމެރާގެ ގިނަ ފީޗާސްތަކެއް ހުރުމުން އެ ފޯނަކީ ވީޑިއޯގްރަފީއަށް ވެސް ރަނގަޅު ޑިވައިސްއެކެވެ. އެއީ އެކްޝަން މޯޑް އެއް ކަމަށާއި އެއީ ކެމެރާ ތެޅިގަތުމާއި ވައިބަރޭޝަން ފަދަ ހަރަކާތްތަކަށް އެޖެސްޓްކޮށްގެން އޮމާން ވީޑިއޯ ނަގާ މޯޑެކެވެ. އޭގެ ކެމެރާގައި ހުންނަ ސިނަމެޓިކް މޯޑުން ފޯކަސް ކުރަން ބޭނުންވާ ސަބްޖެކްޓްތައް ދެނެގަނެ، ޑެޕްތް އޮފް ފީލްޑް އިފެކްޓްސް އިތުރުކޮށް، ޝޮޓް ޕްރޮފެޝަނަލްކޮށް ހައި ބަޖެޓް ފިލްމަކަށް ފިލްމުކޮށްފައިވާހެން ހީވެ އެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page