top of page

މޭމަހުގެ ކުރިން އީ-ވޮލެޓް ތައާރަފްކުރެވޭނެ: ރައީސް



ree

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށް ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދާކަމަށާއި، އުއްމީދަކީ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި، މާލެ ސިޓީ މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.


އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާއެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފައެވެ.


ސަރުކާރުން ބުނީ އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ރާއްޖެއަށް ޕޭޕަލް ލިބޭ ގޮތް ހަދަން އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.


Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page