top of page

ޖަލުގެ އަދަބާއި ނުލައި މަސްތުވާތަކެތީގެ ފަރުވާ ދޭނަން: ރައީސް



ree

މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދަމުން އަންނަ މީހުން ޖަލަށް ނުލައި ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައީސް މިހެން ވިދާޅުވީ, "ރައީސްގެ ޖަވާބު" ސިލްސިލާގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.


ރައީސް ވިދާޅުވީ މެތަޑޯން ޓްރީޓްމަންޓު ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށެވެ.


އަދި، އެ ކަން މިހާރަށްވުރެ ހަރުދަނާކުރަން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


މި ކަންތައް މިހާރު އޮންނަ ގޮތް ހަރުދަނާކޮށް، ޓްރީޓްމަންޓު އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަން ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



 

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page