top of page

ނަޝީދަށް ދިން ހަމަލާގެ ތަފްސީލު ހޯދަން އިންތި އެދިލައްވައިފ



ree

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މޭ 6، ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހޯދައިދިނުމަށް މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ހުށަހަޅުއްވައިފިއެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ހާޒިރުވެ ދެއްކެވި ވާހަކައިގައި ވަނީ، ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހާ ހިއްސާ ކުރަން ޖެހޭ އިތުރު މައުލޫމާތު ހުރި ކަމަށާއި މެންބަރުން އެދިއްޖެ ނަމަ އެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.


މިއަދު އިންތި ވިދާޅުވީ މައްސަލައިގެ ފުންމިނަށް ދަތުރުކުރަން ޖެހޭނެ ކަމަށް ދެކިލައްވާކަމަށް. މި ސަރުކާރުގެ ފަރާތުން ވެސް މި މައްސަލަގެ ފުންމިނަށް ތަހުގީގު ހިންގަވައިދެއްވުމަށް އިންތި ވަނީ އެދިލައްވާފަ.  އަދި ޑިފެންސް މިނިސްޓަރު ޣައްސާން އެ ވިދާޅުވި މައުލޫމާތު މަޖިލީހަށް ހިއްސާކޮށްދެއްވައި މި މައްސަލަގައި ދެން މިކަމުގައި ރައްޔިތުންގެ މަޖިލީހަށް އެޅެން ހުރި ފިޔަވަޅުތަކާމެދު ގޮތްތައް ނިންމަވައިދެއްވުމަށް ވެސް އިމްތިޔާޒް ވަނީ މިއަދު އެދިލައްވާފައެވެ.

 

ނަޝީދަށް 2021 ވަނަ އަހަރުގެ ރޯދަ މަހު ބޮމުގެ ހަމަލާއެއް ދީފައިވަނީ ދުރާލާ ރާވައިގެން.

އެހެންވެ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއަށް ފޮނުއްވި ސިޓީއެއްގައި އިމްތިޔާޒު ވަނީ އެ މައްސަލަގައި ހޯދަން ޖެހޭ މައުލޫމާތު މަޖިލީހުން ހޯދައި ދިނުމަށާއި އެމައުލޫމާތުގެ އަލީގައި ކަމާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.



Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page