ރައީސް ނަޝީދު ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
- Ministry Badhige
- Mar 28, 2024
- 1 min read

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފިއެވެ.
ބަކިންގްހަމް ޕެލެސްގައި ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި ނަޝީދު ބައިވެރިވެވަޑައިގެންފައިވާއިރު، އެ ފޯރަމްއަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ވަޑައިގަތުމުން ނަޝީދުވަނީ، ރަސްގެފާނާއި ބައްދަލުކުރައްވާ ސަލާންކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ރަސްދަރިފަސްކޮޅުގައި ކެންސަރު ބަލި ގިނަވެފައިވާއިރު މިފަހަރުގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުފުރުއްވާފައިވަނީ ނަޝީދެވެ.
ސީވީއެފްގައި މިހާރު 58 ގައުމު ހިމެނުނު ކަމުގައިވީނަމަވެސް، އެ ޖަމިއްޔާގައި ފުރަތަމަ ތިބީ 10 ގައުމެއްގައެވެ. ރާއްޖޭން އުފެދުނު ޖަމިއްޔާއެއްކަމަށްވާ ސީވީއެފް އަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޖަމިއްޔާއެކެވެ.






Comments