top of page

ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ދޭން ފަށައިފި



ree

ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ހިންމަފުށީގައި ފެށީ ހިދުމަތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށާއި ކުނި ނެގުމުގެ އަމަލީ މަސައްކަތް ފަށަން އަދި 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.

ވެމްކޯގެ ހިދުމަތް މާލޭގެ އިތުރުން އަތޮޅު ތަކުގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ ދެމުންނެވެ. މި އަހަރު ވަނީ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ވެސް ހިދުމަތް ފަށައިފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަސްދަރުން ފެށިގެން، ކުނި މެނޭޖްކުރާ ސަރަހައްދީ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރުމުގެ ގޮތުން ގައުމީ ޕްލޭނެއް ވަނީ އިފްތިތާހްކޮށްފަ އެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެ އެވެ.މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެމްކޯއިން ދެމުން އަންނައިރު އެ ކުންފުނިން މިހާރު އަންނަނީ ރިސޯޓުތަކުންވެސް ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page