ނިއުމާގެ އުފަންދުވަހު ބޮޑު ސަޕްރައިޒްއެއް, ފަންނާނުން އެއްތަނަކަށް
- ބްރަސްތާ
- Oct 20
- 1 min read

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދަށް އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފަންނާނުންގެ ފަރާތުން ބޮޑު ސަޕްރައިޒެއް ދީފިއެވެ. މި ހަފުލާގައި ފިލްމީ ދާއިރާގެ ފަންނާނުން ބައިވެރިވެ، ނިއުމާގެ އުފަންދުވަސް ފާހަގަކުރުމުގައި ބައިވެރިވިއެވެ.
މި ހަފުލާއަކީ ނިއުމާއަށް އެއްވެސް އިޝާރާތެއް ނުކޮށް، ސިއްރުން ރާވާފައިވާ ހަފުލާއެއްކަން އެނގިފައިވެއެވެ. މިކަން ވީޑިއޯއަކުންނެވެ. މި ހަފުލާގައި ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ޝީލާ، މަނިކު އަދި ޖާދުﷲ އިސްމާއިލް (ޖާދު) ހިމެނެއެވެ.
1977 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އުފަންވި ނިއުމާއަށް މިއަހަރު ފުރިފައިވަނީ 48 އަހަރެވެ. ދިވެހި ފިލްމީ ދާއިރާގައި "ކުއީން" ގެ ނަމުން މަޝްހޫރުވެފައިވާ ނިއުމާއަށް އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ފަންނާނުން ދަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.






Comments