. ނޮވެމްބަރު ތިނެއްގެ ހަމަލާ: ގައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލެއްވި ޑީޑީއަށް ހަނދާނީ އައްޑަނަ ދޭން ގޮވާލަނީ
- ބްރަސްތާ
- Nov 4
- 1 min read

ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ ހަނދާނީ އައްޑަނަ، އެދުވަހު ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ފުރާނަ އަތްމައްޗަށް ލައިގެން ހަނގުރާމަ ކުރެއްވި ބަތަލު، ރިޓަޔަރޑް ޖެނެރަލް އިބްރާހިމް ދީދީއަށް ދިނުމަށް ގިނަ ބަޔަކު ގޮވާލަމުން އެބަދެއެވެ. އެދުވަހުގެ ނުރައްކާތެރި ހާލަތުގައި، ގައުމަށްޓަކައި ޑީޑީ ވެވަޑައިގެންނެވި ގުރުބާނީއަކީ އަގުނުކުރެވޭފަދަ މަތިވެރި މަސައްކަތެއްކަން ގިނަ ދިވެހިން ގަބޫލުކުރެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، ޖެނެރަލް ޑީޑީގެ ދައުރުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އެ ނުރައްކާތެރި ދަނޑިވަޅުގައި، ދިވެހި ސިފައިންނަށް ހަތިޔާރު ނެގުމަށް ބޭނުންވި ބަޑިގުދަނުގެ ތަޅުދަނޑި، ކިނބިގަސްދޮށުން ހޯއްދަވައިގެން ގެންނެވީ ޖެނެރަލް ޑީޑީއެވެ. އެއީ ގައުމުގެ ދިފާއުގައި އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ޑީޑީ ފަދަ ގައުމީ ބަތަލުންނަށް ހައްގުވާ އިހުތިރާމާއި ގަދަރު ދިނުމަކީ، އަންނަން އޮތް ޖީލުތަކަށް ގައުމީ ލޯބި އިތުރުކޮށްދޭނެ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޑީޑީ ފަދަ ބޭފުޅުން ބާކީކޮށްލުމަކީ، ގައުމަށް ހިދުމަތްކުރާ ހިތްވަރުގަދަ ދަރިންތަކަށް ދެވޭނެ ނުބައި ނަމޫނާއެއް ކަމަށާއި، ޑީޑީއަށް ނަޞްރުގެ ދުވަހުގެ ހަނދާނީ އައްޑަނަ ދިނުމަކީ، އޭނާގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އަންނަން އޮތް ޖީލުތަކަށް ދައްކުވައިދޭން ޖެހޭ މުހިންމު ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.






Comments