top of page

ރައީސް ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Updated: Mar 2, 2024


ree

މި މަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

 

މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ، ވަނީ ތ. ގުރައިދުއަށް. ރައީސް ވަނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތ. ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވިރަށެވެ.

 

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ރައީސް މުއިއްޒަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ. އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page