top of page

ރައީސް އަޒުލުކުރުމާ ބެހޭ އިސްލާހު މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި


ree

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާއި ބެހޭ އިސްލާހަށް މަޖިލީހުން އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.


ބަންޑާރަނައިބުގެ އޮފީހުގެ އެދުމުގެ މަތިން ވަގުތީ އަމުރެއް ނެރެދޭން އެދުމުން އެ އަމުރު ނެރުއްވީ, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަގުލަބިއްޔަތުންނެވެ.


ރައުޔު ތަފާތުވެލެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެއެވެ.


ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ ސާޅީސް ނުވަ ވަނަ މާއްދާގެ ކާފު, އަލިފު، އަދި ވާވު އަށް ގެނެސްފައިވާ އިސްލާހުތަކަށް މިވަގުތަށް އަމަލުނުކުރުމަށް.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page