top of page

ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް: ރަސްމާލެ ޓަނަލަށް ބަޖެޓުން ބޮޑު އަދަދެއް

ree

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްוުރު, ރަސްމާލެއަށް ކަނޑުއަޑިން ގުޅާލާ ޓަނަލް, ހެދުމުގެ މަޝްރޫއުއަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައިވާ ގޮތުން، ބުރިޖާއި ޓަނަލް މަޝްރޫއުތަކަށް 799 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.


ދަތުރުފަތުރުގެ ދާއިރާގެ ބިނާރީ ތަރައްގީއަށް އަންނަ އަހަރު ޖުމްލަ 2.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހާއްސަކޮށްފައިވަނީ ބުރިޖާއި ޓަނަލް ފަދަ ބޮޑެތި މަޝްރޫއުތަކަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު މިފަދަ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 688 މިލިއަން ރުފިޔާއެވެ. ނަމަވެސް، އެއާޕޯޓުތަކަށް ކަނޑައަޅާފައިވާ ބަޖެޓު މި އަހަރުގެ ދެ ބިލިއަން ރުފިޔާއިން އަންނަ އަހަރަށް 541 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.


ރަސްމާލެއަށް ކަނޑުއަޑިން ޓަނަލެއް އެޅުމަކީ ރައީސް މުއިއްޒުގެ މުހިންމު ވެރިކަމުގެ ވައުދެކެވެ. ނަމަވެސް، މިފަދަ ޓެކްނޮލޮޖީއެއް އަދި ދުނިޔޭގައި ނެތް ކަމަށް ކުރީގެ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވުމާ ގުޅިގެން މި މަޝްރޫއުއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މިފަދަ ފާޑުކިޔުންތަކެއް ހުއްޓަސް، ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page