top of page

ރާއްޖެއަށް ދަތުރު ކުރުމާ ގުޅޭ ލަފާ އެމެރިކާއިން އާކޮށްފި

ree

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ދަތުރުކުރުމާ ގުޅޭގޮތުން ދެމުން އަންނަ ލަފާ އާކޮށްފި އެވެ. އެގައުމުން ވަނީ ރާއްޖެއަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުންނަށް 'އިތުރަށް ސަމާލުވުމަށް' އަންގައިފަ އެވެ.


މިލަފާ އާކޮށްފައިވަނީ ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ. އެގޮތުން، ޓޫރިސްޓުން އާންމުކޮށް ޭ ސަރަހައްދުތަކާއި، ފަޅުރަށްތަކަށް މިފަދަ ހަމަލާއެއް އަމާޒުވެދާނެ ކަމަށް އެޑްވައިޒަރީގައި ފާހަގަކޮށްފައިވެ އެވެ.


ސްޓޭޓް ޑިޕާޓްމަންޓުން އަލަށް ނެރުނު މި އެޑްވައިޒަރީގައި އެގައުމުގެ ރައްޔިތުން ރާއްޖޭގައި އުޅޭއިރު އިތުރަށް ސަމާލުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް ޓޫރިސްޓް ޒޯންތަކަށާއި މީހުން ދިރިނޫޅޭ ރަށްތަކަށް ދަތުރުކުރުމުގައި މިކަމަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page