top of page

ރާއްޖޭގެ 129 ރަށަކަށް ޕާކު ސެޓް ގެނައުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފި

ree

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެ ގޮތުން، ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކު ސެޓް ގެނައުމުގެ މަސައްކަތް ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއާ ހަވާލުކޮށްފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 57 ރަށެއްގައި ޕާކު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދައުލަތުގެ އެކި ކުންފުނިތަކާއެވެ. އެގޮތުން، އެންމެ ފަހުން ވަނީ 32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ ހަ ރަށެއް، އެމްޓީސީސީއާ ހަތަރު ރަށެއް، އަދި އާރްޑީސީއާ ދެ ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުން ބުނީ މި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިހާރުވެސް ބެޗް 3 ގެ މަސައްކަތުގެ %33 މޮބިލައިޒޭޝަން އަދި %17 ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ދަށުން ހއ. މޮޅަދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، އަދި ސ. ހިތަދޫ ފަދަ އުތުރުން ދެކުނަށް ގިނަ ރަށްތަކެއްގައި ޕާކުތައް ގާއިމުކުރެވިގެންދާނެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page