ރާއްޖޭގެ ރައީސަކު އަލަށް ވޯލްޑް ގަވަރުމަންޓު ސަމިޓުގައި ބައިވެރިވެވަޑައިގެންފި
- Ministry Badhige
- Feb 12, 2024
- 1 min read

ރާއްޖޭގެ ރައީސަކު އަލަށް ވޯލްޑް ގަވަރުމަންޓު ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު ޔޫއޭއީއަށް އާދިއްތަ ދުވަހު ވަޑައިގަތީ ދުބާއީގައި ބާއްވާ ދެހާސް ސައުވިސް ވަނަ އަހަރުގެ ވޯލްޑް ގަވަމެންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި ރައީސް ޔޫއޭއީއަށް ވަޑައިގަތީ އެގައުމުގެ ސަރުކާރުގެ ހާއްސަ މަތިންދާ ބޯޓެއްގަ.ވޯލްޑް ގަވަމެންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޔޫ.އޭ.އީ.ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތު ލިބިވަޑައިގަންނަވާ ޤައުމުތަކުގެ ވެރިން އެކަންޏެވެ.
ދެހާތް ތޭރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސަމިޓުގެ ދައުވަތު ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެއެވެ. މިއީ މި ސަމިޓު ބާއްވާ 11 ވަނަ އަހަރެވެ.
ނަމަވެސް މީގެ ކުރިން މި ސަމިޓުގައި ރާއްޖޭގެ ފަރާތުން މުޅިންވެސް ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނެވެ. އެހެންކަމުން މިއީ މި ސަމިޓުގައި ރާއްޖޭގެ އެންމެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މި ސަމިޓުގެ ހަވާސާގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް, ވޯލްޑް ބޭންކް, އައިޑީބީ، އަބޫދާބީ ފަންޑުގެ އިތުރުން ޔޫއޭއީގެ ވެރިޔާއާވެސް ރައީސް ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.






Comments