ރާއްޖޭގެ ޓޫރިޒަމް ޖަމިއްޔާއެއް ފުރަތަމަ ފަހަރަށް ޔޫއެންގެ ބޯޑަކަށް
- ބްރަސްތާ
- Oct 23
- 1 min read

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މެޓީ)، ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ ބޯޑް އޮފް އެފިލިއޭޓް މެމްބަރުންނަށް އިންތިހާބު ވެއްޖެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި މިފަދަ އިންޓަނޭޝަނަލް ބޯޑަކަށް ރާއްޖޭގެ ޖަމިއްޔާއެއް ހޮވުނު ފުރަތަމަ ފަހަރެވެ.
މެޓީ މި ބޯޑަށް ހޮވިފައިވަނީ 2026 އިން 2029 އަށް ހިނގާ ދައުރަށެވެ. މި ކާމިޔާބީއާއެކު، ދުނިޔޭގެ ޓޫރިޒަމްގެ ސިޔާސަތުތައް ކަނޑައެޅުމުގަ އާއި ގޮތްތައް ނިންމުމުގައި ރާއްޖޭގެ އަޑު އިވިގެންދާނެއެވެ. މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގެ އެއްވެސް ޖަމިއްޔާއަކަށް މިފަދަ ޝަރަފެއް ލިބިފައެއް ނުވެއެވެ.
މިކަމަކީ ދުނިޔޭގެ ޓޫރިޒަމްގެ މައިދާނުގައި ރާއްޖެއިން ކުޅެމުން އަންނަ މުހިންމު ދައުރު ބަލައިގަންނަ ކަމުގެ ހެއްކެކެވެ. އަދި މިއީ މެޓީ ފަދަ ޖަމިއްޔާތަކުން ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މި ފުރުސަތުގެ ސަބަބުން އިންޓަނޭޝަނަލް ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.






Comments