ބިޑަކާ ނުލާ ބަހާލި މަޝްރޫއުތައް: އެންމެ ބޮޑު ހިއްސާއެއް ޕީއެންސީ މެމްބަރެއްގެ ކުންފުންޏަކަށް
- ބްރަސްތާ
- Nov 8
- 1 min read

ސަރުކާރުން ބިޑު ކުރުމެއް ނެތި ހަވާލުކުރި މަޝްރޫއުތަކުގެ އެންމެ ބޮޑު ލިބިފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކުންފުންޏަކަށްކަން ހާމަވެއްޖެއެވެ. ބުރާސްފަތި ދުވަހު ހާމަކުރި މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބިފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އަލްޓެކް މޯލްޑިވްސްއަކީ ޕީއެންސީގެ ފަރާތުން ތުލުސްދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު އިބްރާހިމް ނަސީމުގެ ކުންފުންޏެކެވެ. އޭނާއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުވެސްމެއެވެ. މި ކުންފުންޏަށް ބިޑަކާ ނުލައި ހަތަރު މަޝްރޫއެއް ހަވާލުކޮށްފައިވާއިރު، އޭގެ ޖުމްލަ އަގު 286 މިލިއަން ރުފިޔާއަށް އަރައެވެ. ކުންފުނީގެ އަނެއް ހިއްސާދާރަކީ އައިމިނަތު ޝެނާލިންއެވެ.
މި ސަރުކާރުން ބިޑަކާ ނުލައި ޖުމްލަ 206 މަޝްރޫއު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ 10 ކުންފުންޏަށް ހަވާލުކުރި މަޝްރޫއުތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް އަރާކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.






Comments