top of page

ބިޑަކާ ނުލައި ޕްރޮޖެކްޓް ހަވާލުކުރުމުގެ ބާރު ސަލާމަތީ މަޖިލީހަށް ލިބިއްޖެ


ree

ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެވުނު އިސްލާހަކާ ގުޅިގެން، ބިޑަކާ ނުލައި ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ އިތުރު ބާރުތަކެއް ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ލިބިއްޖެއެވެ. މި އިސްލާހާ އެކު، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ އިޚްތިޔާރު ސަލާމަތީ މަޖިލީހަށް ލިބިގެންދާނެއެވެ.


ކުރިން މިފަދަ މަސައްކަތްތައް ހަވާލުކުރެވެނީ ހަމައެކަނި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށާއި ފުލުހުންނާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. ނަމަވެސް މި އިސްލާހާ އެކު އެ ޝަރުތު އުވާލެވިފައިވެއެވެ.

މީގެ އިތުރުން، ސަލާމަތީ މަޖިލީހުން ހުއްދަދީގެން ސޮއިކުރެވޭ އެއްބަސްވުންތަކުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލުގެނައުމާއި، އެއްބަސްވުން އުވާލުމުގެ ބާރުވެސް މިހާރު ލިބިގެންދަނީ ސަލާމަތީ މަޖިލީހަށެވެ. މިއީ ކުރިން އެ މަސައްކަތް ހަވާލުކުރި މިނިސްޓްރީއަށާއި ބިޑް ކޮމެޓީއަށް އޮތް ބާރެކެވެ.


މި އިސްލާހުތައް ގެނެވިފައިވަނީ ފިނޭންސް މިނިސްޓްރީން މާލިއްޔަތު ގަވާއިދުގެ ދެ މާއްދާއަކަށް ބަދަލު ގެނެސްގެންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page