top of page

ބޮޑުތިލަދުންމަތީގެ އިންވެސްޓްމަންޓް ފުރުސަތުތަކަށް ޖާބިރު ރައީސްއަށާއި އިންޑިއާއަށް ޝުކުރު އަދާކޮށްފި

ree

ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ފުރުސަތު ހުޅުވާލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އެންމެ ގިނަޔަބަކު އެ މެންބަރެއް އެބުރި އަރުމަށް އެދޭ, ކާށިދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޖާބިރު، މިކަމަށް ޝުކުރު އަދާކުރެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމާ ގުޅިގެންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ހުޅުވުނު މައި ދޮރާއްޓެއް ކަމަށާއި، މިއީ އިންވެސްޓަރުންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ހިސާބުގައި އިންވެސްޓްކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ ލުއިތަކެއް ދިނުމަށްފަހު، އިންވެސްޓަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ޖާބިރު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި އެއާޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ހުޅުވާލުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖޭގައި އެފަދަ މަޝްރޫއެއް ހިންގުމުން އެ ގައުމަށް ވެސް ޝުކުރު އަދާކުރާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޮޑުތިލަދުންމަތީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، ރައީސްގެ ވާހަކަފުޅުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.


Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page