top of page

އަމުރާއި ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި



ree

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާއި ގުޅޭ މާއްދާއާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.


މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. އަދި މަޖިލީހުގެ ކަންކަން މަޖިލީހުން ނިންމަންވާނެކަމަށް. ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންދެން, އެ އަމުރަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ އެދުމުގެ މަތިން  ވަގުތީ އަމުރެއް ނެރެދޭން އެދުމުން އެ އަމުރު ނެރުއްވީ, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަގުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވެލެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެއެވެ.

ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިމަހުގެ އަށް ވަނަ ދުވަހު އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ ސާޅީސް ނުވަ ވަނަ މާއްދާގެ ކާފު, އަލިފު، އަދި ވާވު އަށް ގެނެސްފައިވާ އިސްލާހުތަކަށް މިވަގުތަށް އަމަލުނުކުރުމަށެވެ.

ސުޕްރީން ކޯޓުން މިގޮތަށް އަމުރުކުރިއިރު, އިދިކޮޅު މެންބަރުން ރައްޔިތުން މަޖިލީހަށް މިދިޔަ ޑިސެންބަރު މަހު ހުށަހަޅައިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަގާމުން ދުރުކުރުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ ޖުމްލަ އަދަދު ގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފަ. ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.

ހިޔާލު ތަފާތުވި ރައުޔުގައި ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެއީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާން ޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް މިވަގުތު ނެތް ކަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެފަދަ އެއްވެސް ހެއްކެއް ވެސް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހިޔާލުތަފާތުވީ ރައުޔުގައި ބުނެފައިވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page