އިތުރު 13 ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރާނަން
- Ministry Badhige
- Oct 20, 2023
- 1 min read

އިތުރު 13 ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޖީއެމް ފޯރަމްގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަޝްރޫއު އަވަހަށް ނިންމުމާއެކު، ޑޮމެސްޓިކް އިތުރު އެއާޕޯޓްތަކެއް ތަރައްގީ ކުރައްވާނެކަމަށެވެ.
މުއިއްޒު ވިދާޅުވީ މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަޕޯޓް ތަރައްގީކުރައްވާނެކަމަށެވެ. އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ދެކުނުގައި ސީޕްލޭން ހަބެއްވެސް ގާއިމް ކުރައްވާނެކަމަށެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވީ މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކޮށް، "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށެވެ.
މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް ދެ ކުންފުންޏަކީ ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި މުޅި ދިވެހި އިގްތިސާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.






Comments