top of page

އިލެކްޓްރިފައި މޯލްޑިވްސް އިން ރާއްޖެއަށް ްޒަރީ އިލެކްޓްރިކް ކާޓުތަކެއް ތައާރަފުކޮށްފި

ree

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އިލެކްޓްރިފައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ދުނިޔޭގެ މަޝްހޫރު ޓޮނީނޯ ލެމްބޯގީނީ ބްރޭންޑުގެ ްޒަރީ އިލެކްޓްރިކް ގޮލްފް އަދި ލައިފްސްޓައިލް ކާޓުތައް ރާއްޖެއަށް ތައާރަފުކޮށްފި އެވެ. މި އުޅަނދުތައް ރަސްމީކޮށް ތައާރަފުކޮށްފައިވަނީ ހުޅުމާލޭގައި ބޭއްވި ޓެކްއެންގް 2025 ޓްރޭޑް އިވެންޓުގަ އެވެ.


މި އާ އުޅަނދުތަކަކީ ހަމައެކަނި ގޮލްފް ކުޅުމަށް ހާއްސަ އުޅަނދުތަކެއް ނޫން ކަމަށާއި، މިއީ ްޒަރީ ލައިފްސްޓައިލް އުޅަނދުތަކެއް ކަމަށް އިލެކްޓްރިފައި މޯލްޑިވްސް އިން ބުންޏެވެ. އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތައާރަފުކުރި ޓޮނީނޯ ލެމްބޯގީނީގެ މި އުޅަނދުތަކަކީ ރާއްޖޭގެ ރިސޯޓުތަކަށާއި، މަތީ ފަންތީގެ ދިރިއުޅުމުގެ މާހައުލުތަކަށް އަމާޒުކޮށްގެން ގެނެސްފައިވާ އުޅަނދުތަކެކެވެ.


މިފަދަ ޒަރީ އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމަކީ، ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މިފަދަ އުފެއްދުންތަކަށް އޮތް ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމުގެ ހެއްކެކެވެ. މިއީ ހަމައެކަނި ޓޫރިޒަމްގެ ދާއިރާއިން ބޭރުން، ލައިފްސްޓައިލް އަދި ޓެކްނޮލޮޖީގެ ސިނާއަތްތައް ވެސް ރާއްޖޭގައި ފުޅާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެ އެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page