top of page

އެސްބީއައިގެ ސަބަބުން ގައުމަށް ފައިސާ ފޮނުވަން ދަތިވެއްޖެ ކަމަށް އިންޑިއާ މީހުން ބުނެފި

ree

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުން 150 ޔޫއެސް ޑޮލަރަށް ުކޮށްފި އެވެ. މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް އެމީހުންގެ ގައުމަށް ފައިސާ ފޮނުވުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި، އެސްބީއައި އިން ކަނޑައަޅާފައިވާ 150 ޑޮލަރުގެ އަދަދަކީ އެމީހުންނަށް ލިބޭ މުސާރައާ އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މިކަމުގެ ސަބަބުން، އެމީހުންގެ އާއިލާތަކަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވުމަކީ ދަތި ކަމަކަށް ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެސްބީއައިގެ މި އާ ގަވާއިދުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ގިނަ ބަޔަކު ބުނާ ގޮތުގައި އެމީހުންނަށް ރަނގަޅު މުސާރައެއް ލިބުނު ނަމަވެސް، ގޭގެ ހަރަދުތަކަށް ޒިންމާވާން ޖެހޭ ފައިސާގެ އަދަދު ފޮނުވުމަށް މިހާރު ވަނީ ހ ަސްތަކެއް ކުރިމަތިވެފައެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page