އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ޝިމާދު
- Ministry Badhige
- Nov 28, 2023
- 1 min read
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ޝިމާދު މީގެ ކުރިން ހުންނެވީ އެސްޓީއޯގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.
ޝިމާދު ވަނީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ. އޭނާ ވަނީ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ސިމާދު އިތުރުން ސަރުކާރު ބައެއް ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުވައިފައެވެ.
މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ބޭފުޅުން:
ވެމްކޯ: މުޖުތަބާ ޖަލީލް
މުުޖުތަބާ ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި އެންސްޕާގެ ސީއީއޯކަން ކުރައްވާފަ
ފެނަކަ: މުއާޒް މުހައްމަދު
މުއާޒް ވަނީ ކުރިން މަޑަވެލީ ދާއިރަގެ މެންބަރުކަން ކުރައްވާފަ
ރީޖަނަލް އެއާޕޯޓްސް: މުހައްމަދު މުބީން
މުބީން ވަނީ ބިލެއްދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރައްވާފަ
ޕީއެސްއެމް: ޒީނާ ޒާހިރު
ޒީނާ ޒާހިރު ވަނީ ކުރިން ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައި
އެންސްޕާ: ހީނާ ވަލީދު
ހީނާއަކީ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމަނު
އާސަންދަ: މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
ރުކުމާއަކީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެމެންބަރު






Comments