top of page

މީރާއިން މިއަހަރުގެ އޮގަސްޓު މަހު ރެކޯޑު އަދަދެއްގެ އާމްދަނީ ހޯދައިފި


ree

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީގެ ތަފްސީލު ހާމަކޮށްފިއެވެ. މިގޮތުން، އެމަހު ޖުމްލަ 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަހަރަށް ލަފާކުރި އަދަދަށްވުރެ 34.5 އިންސައްތަ އިތުރު އަދަދެކެވެ.


މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވިޔަފާރިތަކުންނާއި ކުންފުނިތަކުން ނެގޭ ޓެކުހާއި، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އިތުރުވުން ހިމެނެއެވެ. މީގެއިތުރުން، ކެޕިޓަލް ގެއިންސް ވިތްހޯލްޑިންގ ޓެކުހާއި ލަސްވެފައިވާ ފައިސާ ދެއްކުންވެސް މިކުރިއެރުމަށް މަގުފަހިކޮށްދިން ކަމަށް މީރާއިން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު 9.3 އިންސައްތަ އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމުން މިދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ.


މިމަހު ލިބުނު އާމްދަނީގެ ތެރޭގައި 62.82 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ހާމަކޮށްފައިވެއެވެ.

މި ނަތީޖާއަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއްކަމަށާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށް ބެލެވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page