top of page

މިއަހަރު ދަރަނި އަދާކުރަން 6.3 ބިލިއަން ރުފިޔާ ދައްކަަންޖެހޭ




ree

ރާއްޖޭގެ ދަރަނި އަދާކުރުމަށް މިއަހަރު 6.3 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.

ވޯލްޑް ބޭންކުން އާންމުކުރި "ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖެއިން ދަރަނި އަދާކުރަން ހޭދަކުރާ މިންވަރު އަހަރުން އަހަރަށް 13 އިންސައްތައަށް އިތުރުވަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރީ 5.5 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، މިއަހަރު ދައްކަން ޖެހޭ ދަރަނީގެ ތެރެއިން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) އިތުރު އެއް އަހަރަށް ވަނީ ފަސްކޮށްދީފައެވެ. މީގެ އިތުރުން، ޗައިނާ އާއި ޔޫއޭއީ އިން ނަގާފައިވާ ދަރަނިތައް އަދާކުރުން ފަސްކުރުމަށް އެ ގައުމުތަކާއެކު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ބޭރުން ފައިނޭންސް ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާތީ، ސަރުކާރުން އެތެރޭގެ ދަރަންޏަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ބޭންކިން ސެކްޓަރ އާއި ޕެންޝަން ފަންޑު މެދުވެރިކޮށް ވިއްކާ ޓީބިލް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page