މުއާގެ ބޮޑު ތުހުމަތާއެކު ފިލްމީ ދާއިރާ ސިއްސައިގެން ހިނގައްޖެ
- Ministry Badhige
- Oct 26
- 1 min read

ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރު އަބްދުﷲ މުއާޒު (މުއާ)، އެ ދާއިރާގެ މަގުބޫލު ދެ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ސީޒަން އަލީއަކީ ދެ ވަގުން ކަމަށް ސީދާ ތުހުމަތުކޮށްފިއެވެ. މުއާ މި ތުހުމަތު ކޮށްފައިވަނީ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.
މިތުހުމަތާއެކު ފިލްމީ ދާއިރާއަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މުއާ މިފަދަ ބަހެއް ބުނި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޔޫއްޕެ އާއި ސީޒަންއަކީ ދެ ވަގުން ކަމަށް ބުނި ނަމަވެސް، އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.
މުއާގެ މި ސްޓޭޓަސްއާ ގުޅިގެން ސޯޝަލް މީޑިއާގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ގިނަ ބަޔަކު ދަނީ މި ތުހުމަތުގެ ފަހަތުގައިވާ ސަބަބު ހާމަކުރުމަށް މުއާއަށް ގޮވާލަމުންނެވެ. އަދި ފިލްމީ ދާއިރާގެ ގިނަ ބަޔަކުވެސް ވަނީ މިކަމާ ގުޅިގެން ހައިރާންކަން ފާޅުކޮށްފައެވެ.






Comments