top of page

މިފްކޯގެ ރިފޯމް މަސައްކަތަކީ ރައީސްގެ އެޖެންޑާއާ އެއްގޮތަށް ކުރެވޭ މަސައްކަތެއް: ޗެއާމަން




ree

މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން އިސްރާފު ކުޑަކުރުމަށް މިފްކޯއިން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. މި ވާހަކަ ޝަރީފް ދެއްކެވީ "މިފްކޯ އިފިޝެންސީ އެކްސަސައިޒް" ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.


ޝަރީފް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ރިފޯމް އެޖެންޑާގެ ދަށުން، އެފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިފްކޯގެ މެނޭޖުމެންޓުން މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އަދި މިއީ އިސްރާފު ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވިއެވެ.


މީގެއިތުރުން، ޝަރީފް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި މިފްކޯ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކުރާނެ ކަމަށެވެ. އަދި ކުންފުނީގެ ކުރިމަގަށް ވިސްނައިގެން ބޯޑުގެ ނިންމުންތައް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެކްސަސައިޒްގެ ތެރެއިން ހިއުމަން ރިސޯސަސް މެނޭޖުމަންޓާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހަރުދަނާކުރަންޖެހޭ ގިނަ ކަންކަން އަދިވެސް ހުރި ކަމަށާއި، އައު މާކެޓްތައް ހޯދުމުގައި ޕޮލިސީ ލެވެލްގައިވެސް ގިނަ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށެވެ.


ޝަރީފް އޭނާގެ ވާހަކަފުޅު ނިންމެވީ މިފްކޯގެ މެނޭޖުމެންޓާއި ހީވާގި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page