މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން، މާލޭގައި ދިރިއުޅުނީ އެކި ގައުމުތަކުގެ މީހުން: ރައީސް ނަޝީދު
- ބްރަސްތާ
- Nov 2
- 1 min read

ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މާލެއަކީ ވަކި ބައެއްގެ އަމިއްލަ ރަށެއް ނޫން ކަމަށާއި، މާލޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އައީ ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުންނާއި ހާރިޖީ ގައުމުތަކުގެ މީހުން ކަމަށް ވިދާޅުވެއްޖެއެވެ. މާލޭގެ ބިމާ ގުޅޭގޮތުން ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، އެމަނިކުފާނު ވަނީ މާލޭގެ ތާރީހީ އާބާދީގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، 1750 ގެ އަހަރުތަކުގެ ތެރޭގައި ވެސް މާލޭގެ އާބާދީގައި ގިނައީ ރާއްޖޭގެ އެކި ރަށްރަށުން އައި މީހުންނާއި ސަރަހައްދީ ގައުމުތަކުގެ މީހުންނެވެ. އެގޮތުން އެ ދުވަސްވަރު މާލޭގައި ބާބުރުންނާއި، މަލާބާރީން އަދި ތުރުކީ މީހުން ފަދަ ބޭރުގެ ގިނަ ބަޔަކު ދިރިއުޅުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލޭގައި ހުރި އައްޑޫ ސިއްކަގެ އާއި ކެލާ އެދުރު ކަލޭފާނު ގޯތި ފަދަ ނަންނަމަކީ، މާލޭގައި އެހެން ރަށްރަށުގެ މީހުން ދިރިއުޅުނުކަމުގެ ހެއްކެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މި މައުލޫމާތުތައް އެމަނިކުފާނުގެ "ކިލާ މާލެ" ފޮތުގައި ހިމަނުއްވާފައިވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި ބިމުގެ ދަތިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ "ވެށިފަހި މާލެ" ޕްރޮގްރާމް ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވައެވެ. އަދި މާލޭގެ ރައްޔިތުންނަށް ރާއްޖޭގެ އެހެން ރަށްރަށުން ބިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






Comments