top of page

މެލޭޝިއާ އަދި ސިރީލަންކާގައި ދިވެއްްސާ އިސްލާމް އަލުން ކިޔަވައިދޭންފަށަނީ



ree

މެލޭޝިއާ އަދި ސިރީ ލަންކާގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން އަލުން ފަށަން ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު މިހެން ވިދާޅުވީ ތ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.   މިނިސްޓަރު ވިދާޅުވީ ދިވެހިން ގިނައިން ގޮސް އުޅޭ ސިރީލަންކާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް ދިވެހި އަދި އިސްލާމް ކިޔަވައިދެމުން ގެންދިޔަކަމަށް. ނަމަވެސް އެ މަސައްކަތް ހުއްޓިފައިވާކަމަށެވެ.


ދިވެހިރާއްޖޭގެ ގައުމިއްޔަތު ކިޔަވާދަރިވަރުންނަށް އުނގަންނައިދިނުމަށް އާ މާއްދާއެއް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page