top of page

މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 35،000 ރުފިޔާގެ މުސާރައަކާއެކު ހުޅުވާލައިފި

ree

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއީ އެ ކޮމިޝަނުގެ އިދާރީ އެންމެ އިސް މަގާމެވެ.


މި މަގާމަށް ހަމަޖައްސާ ފަރާތަކަށް މަހަކު 35،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަނުގެ އިދާރީ އަދި މާލީ ކަންކަން ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަކީ ރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގެ ކަންކަން ބެލެހެއްޓުމަށް އަލަށް ގާއިމްކުރި މުއައްސަސާއެކެވެ. މިހާރު އެ ކޮމިޝަނުން ދަނީ އެތަނުގެ އިދާރީ ހިންގުމާ ހަވާލުވާނެ އިސްވެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Comments


Commercial-1160×160.gif
Gas Burner
  • Instagram
  • Facebook
  • Twitter

©2025 by Holhuashi.news

bottom of page